Last Updated: April 30, 19:12
Wednesday, April 30, 2025
ޚަބަރު

އައްޑޫގެ ފޮޓޯ އިންސްޓަކޮށްގެން ނޭޕާލް ދަތުރެއް

މި މަހު އައްޑޫގައި ބާއްވާ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސަޓާ) އާ ދިމާކޮށް އައްޑޫގެ ހިތްގައިމު ރީތި މަންޒަރުތައް ފޮޓޯ ނަގައި އިސްޓަގްރާމްކޮށްގެން، ހޮވޭ ފަރާތަކަށް ނޭޕާލް ދަތުރެއް ދޭ ގޮތަށް ނިންމައިފި އެވެ.

އެ ގައުމުގައި ހަތަރު ރޭ ހޭދަކޮށްލެވޭ ގޮތަށް ލިބޭ ހަދިޔާ ދަތުރުގައި ނޭޕާލްގެ ހޮޓެލް މަލްބަރީގައި ހުރުމުގެ ފުރުސަތު ލިބޭނެ އެވެ. ސަޓާ އިން މި ފުރުސަތު ހުޅުވާލީ އުރީދުއާ ގުޅިގެންނެވެ.

ހައި ރައިޒު އިންތިޒާމްކޮށްގެން ބާއްވާ ސަޓާ އެވޯޑްސް ގަމުގެ އީކްއޭޓަ ވިލެޖްގައި އޮންނާނީ މި މަހުގެ 27-29 އަށެވެ.