ރިޕޯޓްތައް ބުނާގޮތުން އަވަސް މުސްތަޤްބަލެއްގައި ޝާހްރުކް ޚާން އޭނާގެ ރަހުމަތްތެރިޔާ އަދި ޕްރޮޑިއުސަރު ފަރާހް ޚާންގެ ޝޯ "ލިޕް ސިންގް ބެޓަލް" ގެ އެޕިސޯޑެއް ޝޫޓް ކުރަން ފަށާނެ އެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ޝާހް ފެނިގެންދާނީ ދިވާލީ އާއި ދިމާކޮށް ގެނެސްދޭ އެ ޝޯގެ ވަރަށް ޚާއްސަ އެޕިސޯޑަކުންނެވެ.
މީގެ އިތުރުން ހަމަ އެ އެޕިސޯޑްއިން ސުޝާންތް ސިންގް ރާޖްޕޫތު ވެސް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ އެޕިސޯޑްގައި ސުޝާންތް ވާދަކުރާނީ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރްޒާ އާއި އެވެ.
ރިޕޯޓްތައް ބުނާގޮތުން ފަރާހް ޚާން ވަނީ އެ ޚަބަރު ކަށަވަރުކޮށްދީފަ އެވެ. ޝާހް އާއި ސުޝާންތް އަދި ފަރާހް އެ އެޕިސޯޑަށްޓަކައި ޝޫޓް ކުރަން ފަށާނީ އަންނަ ހޯމަ ދުވަހު އެވެ.