ސްޓާ ޕްލަސްގެ ހިޓް ޝޯއެއް ކަމަށްވާ "ޔޭ ރިޝްތާ ކްޔާ ކެހެލާތާ ހޭ" ގައި ވަރްޝާގެ ރޯލް އަދާކުރާ އެކްޓްރެސް ޕޫޖާ ޖޯޝީ އާއި އޭނާގެ ފިރިމީހާ މަނީޝް އަރޯރާ އަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.
ޕޫޖާ ވަނީ ރޭ މުމްބާއިގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި އަންހެން ކުއްޖަކު ވިހާފައެވެ. އެ ޚަބަރު ކަށަވަރުކޮށްދެމުން ޕޫޖާ ބުނެފައި ވަނީ އޭނާ އާއި ދަރިފުޅުގެ ހާލު ވެސް ވަރަށް ރަނގަޅު ކަމަށެވެ.
ޕޫޖާގެ ކޮއްކޮ ދާމިނީ ޖޯޝީ ވެސް ވަނީ އެ އުފާވެރި ޚަބަރު ސޯޝަލް މީޑިއާ މެދުވެރިކޮށް ޕޫޖާގެ ފޭނުންނާއި ހިއްސާ ކޮށްފައެވެ.

ޕޫޖާ އާއި މަނީޝް އެދެމަފިރިންގެ ދަރިފުޅަށް ދީފައިވާ ނަމަކީ 'ރިދިމާ' އެވެ.
ވިޔަފާރިވެރިޔާ މަނީޝް އަރޯރާ އާއި ޕޫޖާ ޖޯޝީ ކައިވެނި ކުރީ 2015 ވަނަ އަހަރުގެ ނޮބެމްބަރު މަހުގެ ތެރޭގައެވެ. ރިދިމާ އަކީ އެ ދެމަރިފިންނަށް ލިބުނު އެންމެ ފުރަތަމަ ދަރިފުޅެވެ.