Last Updated: June 29, 09:17
Monday, June 29, 2026
މުނިފޫހިފިލުވުން

މިއުޒިޝަން ޝަމްޝޭރް ސިންގް މަރުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ މިކާ ސިންގްގެ ބޭބެ އަދި މަޤްބޫލް މިއުޒިޝަން ޝަމްޝޭރް ސިންގް މަރުވެއްޖެ އެވެ.

ޝަމްޝޭރްއަކީ ޑެލަރު މެހެދީގެ ވެސް ބޭބެ އެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ޝަމްޝޭރް ސިންގް މަރުވިކަމުގެ ހިތާމަވެރި ޚަބަރު މިކާ ވަނީ އޭނާގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް އާންމުންނާ ހިއްސާކޮށްފަ އެވެ.

އެއަށް ފަހު މަޝްހޫރު ގިނަ ތަރިންތަކެއް ވަނީ ޝަމްޝޭރް ސިންގްގެ މަރާ ގުޅިގެން އޭނާއަށް އިހްތިރާމް އަދާކޮށް ހިތާމަ ފާޅުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ޝަމްޝޭރް ސިންގް ވަނީ މަރުވުމުގެ ކުރިން ރީނދޫ ބައްޔަށް ފަރުވާ ހޯދައިފަ އެވެ. އަދި އޭނާ ވަނީ ދިއްލީގެ ވެދަންތާ ހޮސްޕިޓަލްގައި އެޑްމިޓްވެސްކޮށްފަ އެވެ.

ޒީޓީވީން މިހާރު ދައްކާ ސާރޭގާމާ ލިލް ޗެމްޕްސްގެ ޖޫރީ މެމްބަރުންގެ ތެރޭގައި ވެސް ޝަމްޝޭރް ހިމެނެ އެވެ.