އައްޑޫ ބެޑްމިންޓަން ކްލަބްއިން އިންތިޒާމްކޮށްގެން ހިތަދޫ ޔޫތު ސެންޓަރގައި ކުރިއަށްދާ "އޭބީސީ އައްޑޫ އޮޕެންސް ބެޑްމިންޓަން ޗެލެންޖް"ގެ ސެމީ ފައިނަލް މެޗްތައް މިރޭ ކުޅޭނެއެވެ.
މިރޭ ކުޅޭނީ ފިރިހެން އަދި މިކްސް ޑަބަލްސް ސެމީގެ މެޗްތަކެވެ. މުބާރާތުގައި ފާއިތުވި ދެ ރޭ ކުޅުނީ ފިރިހެން/ އަންހެން އަދި މިކްސް ޑަބަލްސް މެޗްތަކެވެ.

އެގޮތުން ޖުމްލަ 26 މެޗް ދެ ރޭ މަތުިން ވަނީ ކުޅެފައެވެ. މުބާރާތުގެ ފައިނަލް މެޗްތައް ކުޅޭނީ މާދަމާ ރޭއެވެ.
މިރޭ ތާވަލް ކުރެވިފައިވާ ސެމީ ފައިނަލް މެޗްތައް،
ފިރިހެން ޑަބަލްސް
1- ޖޯބީ އަދި މެތިއު ވާދަކުރާނީ ނާތިޖު އަދި ފަޒީލްއާއި
2- ޝިފާއު އަދި ނަޝީދު ވާދަކުރާނީ އާއި އައްފާން އަދި އިނާން އާއި
މިކްސް ޑަބަލްސް
1- އިބްރާހިމް އަދި ޝިފްނާ ވާދަކުރަނީރިފާއު އަދި އާސިމާ އާއި
2- ފަޒީލް އަދި އަފްނާން ވާދަކުރާނީ ނާތިޖު އަދި ލައްމަތު އާއި
މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ބެންކް އޮފް މޯލްޑިވްސްއެވެ. ކޯ ސްޕޮންސަރ އަކީ އައްޑޫ ސިޓީ ކައުންސިލްއެވެ. އެސޯސިއޭޓް ޕާޓްނާއަކީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއެވެ. ޕްރިންޓިން ޕާޓްނާއަކީ ކޮންޓްރޯލް ޕީއެވެ. ހަބަރާއި މައުލޫމާތު ގެނެސްދޭނީ "އައްޑޫލައިވް"އިންނެވެ.