Last Updated: July 26, 18:11
Monday, July 27, 2026
ސިޔާސީ

އުމަރުގެ ޖަލްސާއެއް މިރޭ އައްޑޫގައި

އުމަރު ނަސީރު: އޭނާ މިވަގުތު ހުންނެވީ އައްޑޫގައި. ފޮޓޯ/ ހަވީރު

ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ އަށް ވާދަ ކުރައްވާ އެ ޕާޓީގެ އުމަރު ނަސީރު ކެމްޕޭން ދަތުރެއްގައި އައްޑު އަށް ވަޑައިގެންފި އެވެ.

ޕީޕީއެމްގެ އައްޑޫ އޮފިޝަލަކު މިއަދު ބުނީ އުމަރު އައްޑު އަށް ވަަޑައިގަތީ ފުވައްމުލަކަށް ވަޑައިގަތުމަށް ފަހު މިއަދު ކަމަށެވެ.

އޭނާ ބުނީ އުމަރުގެ ކެމްޕޭން ޖަލްސާއެއް މިރޭ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި އޮންނާނެ ކަމަށެވެ. އަދި ޖަލްސާ ފަށާނީ 9:00 ގައި ކަމަށެވެ.

އުމަރު އަށް އައްޑު އަށް ކުރައްވާ ދަތުރުގައި އޭނާގެ ޓީމްގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ބޭފުޅުން ވެސް ބައިވެރިވަޑައިގަންނަވާ ކަމަށް "އައްޑޫ ލައިވް" އަށް އެނގިފައިވެ އެވެ.