ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާއެއް މިރޭ އައްޑޫ ސިޓީ ހިތަދޫގައި ބާއްވަން ނިންމައިފިއެވެ.
އެމްޑީޕީންގެ އައްޑޫ ދާއިރާގެ އިސް އޮފިޝަލަކު ވިދާޅުވީ ގުޅފައިވާ ޕާޓީ ތަކުގެ ޖަލްސާ މިރޭ، 9:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު ޖަލްސާ އޮންނާނީ ހިތަދޫ ލިންކްރޯޑްގައި ހުންނަ އެމްޑީޕީ ހަރުގޭގައެވެ.
މިރޭގެ ޖަލްސާގައި ރައްޔިތުންގ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމްގެ އިތުރުން ކެންދު ދާއިރާގެ މެމްބަރ އަލީ ހުސެއިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރ މުހައްމަދު އަމީތު ވާހަކަފުޅު ދައްކަވާނެއެވެ. މީގެ އިތުރުންވެސް އަދާލަތު ޕާޓީ އާއި އެމްޑީޕީގެ ބައެއް އިސްވެރިން ވާހަކަފުޅު ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
މި ޖަލްސާއަށް ވީހާވެސް ގިނަ އިސްލާހީ ހަރަކާތަށް ލޯބި ކުރާ ރައްޔިތުން ވަޑައިގެން ދެއްވުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވަރަށް ބޮޑު އެދުމެކެވެ.