Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

އޭބީސީ އައްޑޫ އޮޕެންސް ބެޑްމިންޓަން: ފައިނަލް މެޗްތައް މިރޭ

އައްޑޫ ބެޑްމިންޓަން ކްލަބުން ކުރިއަށްގެންދާ "އޭބީސީ އައްޑޫ އޮޕެންސް ބެޑްމިންޓަން ޗެމްޕިއަންޝިޕް"ގެ ފައިނަލް މެޗްތައް މިރޭ ކުޅޭނެއެވެ.

ފައިނަލް މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައި ހިތަދޫ ޔޫތު ސެންޓަރ ގައެވެ.

ފިރިހެން ސިންގަލްސް ފައިނަލްގައި ވާދަކުރާނީ ނާތިޖު އަލީ އާއި ރިފާއުއެވެ. އަންހެން ސިންގަލްސްގައި ޝިފްނާ ވާދަކުރާނީ އަފްނާން އާއި އެވެ.

މުބާރާތުގެ ފިރިހެން ޑަބަލްސް ފައިނަލް ގައި ހޮރައިޒަން އެކަޑަމީގެ އަހްމަދު ޝިފާއު އާއި ނަޝީދު ވާދަކުރާނީ ނާތިޖު އަދި ފަޒީލް އާއިއެވެ.

އަންހެން ޑަބަލްގައި ބައިވެރިވެފައިވަނީ އެންމެ ޓީމެކެވެ. އަންހެން ޑަބަލްސްގައި އަފްނާން އަދި ޝިފްނާ ވާދަ ކުރާނީ ނީޒާ އަދި ލައްމަތު އާއިއެވެ.

މިކްސްޑް ޑަބަލްސް ފައިނަލް މެޗްގައި އިބްރާހިމް މުހައްމަދު އަދި ޝިފްނާ ވާދަކުރާނީ ފަޒީލް އަދި އަފްނާން އާއިއެވެ.

ފައިނަލް މެޗަށް ފަހު މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ޔޫތު ސެންޓަރ ގައި ކުރިއަށް ގެންދާނެއެވެ.