Last Updated: March 29, 02:52
Thursday, March 28, 2024
ރިޕޯޓް

އަންވަރުގެ މަސައްކަތުން އަލިބެ އަށް ހިމާޔަތް، ޝުކުރިއްޔާ!

އެންމެ ފަރުދަކަށް ވެސް މުޖްތަމައުގައި ހުންނަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރެވިދާނެ ކަމަށް ޤަބޫލުކުރަން ހެއްޔެވެ؟ އެކަން ކުރެވިދާނެކަން އައްޑޫ ސިޓީ، ހުޅުދޫ އަށް ނިސްބަތްވާ އަލީ އަންވަރު މިވަނީ ދައްކުވައިދީފައެވެ.

މީގެ 40 އަހަރު ކުރިއްސުރެ ހުޅުދޫގައި އެކަނިމާއެކަނި ދިރިއުޅެމުން ދިޔަ ހާއްސަ އެހީއަށް ބޭނުންވާ، އަލިތަކުރު،(އަލިބެ) މިއަދު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައި މިވަނީ އަންވަރުގެ ބުރަ މަސައްކަތުންނެވެ.

އުމުރުން 78 އަހަރުގެ އަލިބެ އާއި އަންވަރަށް ފެނުނީ މީގެ 19 ވަރަކަށް އަހަރު ކުރިންނެވެ. އޭގެ ފަހުން ފާއިތުވި މުއްދަތުގައި އޭނާ ވަނީ އަލިބެ އަށް ދައުލަތުގެ ހިމާޔަތް ބޭނުންވާކަން ސަރުކާރުގެ އެކި ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

އެ މަސައްކަތުން ވެސް އަލި މަގެއް ނުފެނުމުން، އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އަންވަރު ވަނީ އަލިބެ ދިރިއުޅެމުން ގެންދާ ހިތްދަތި ހާލު ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައެވެ.

އަންވަރު، އޮކްޓޯބަރ 12ގައި އޭނާގެ ފޭސްބުކް އެކައުންޓުން ކުރި ޕޯސްޓް.

އަންވަރުގެ ޕޯސްޓް ސޯޝަލް މީޑިޔާގައި ވައިރަލްވެ، ނޫސްތަކުގެ ފަލަ ސުރުޚީން ޖާގަ ލިބި މިއަދު އަލިބެ އެވަނީ ދައުލަތުގެ ހިމާޔަތް ކަށަވަރުވެގެން ގޮސްފައެވެ.

އަންވަރު ކުރި މަސައްކަތަށް ތައުރީފް ޙައްޤެވެ. 'އައްޑޫލައިވް'ގެ ޓީމާއި ކިޔުންތެރިންގެ ފަރާތުން އަންވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ.