"ނިއުޓަން" ގައި ކުޅަދާނަ އެކްޓިން އެއް ދެއްކި ރާޖްކުމާރް ރާއޯގެ އާ ފިލްމް ކަމަށްވާ "ޝާދީ މޭ ޒަރޫރް އާނާ"ގެ ޓްރެއިލާ ލޯންޗްކޮށްފި އެވެ.
ރާޖްކުމާރް ރާއޯގެ އިތުރުން އަންހެން ލީޑެއްގެ ގޮތުގައި ކްރިތީ ކަރްބަންޑާ ފެނިގެންދާ މި ފިލްމް ޑައިރެކްޓް ކޮށްފައި ވަނީ ރަތްނާ ސިންހާ އެވެ.
މި ފިލްމަކީ ކައިވެނި ކުރަން އުޅޭ ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވި، ދިރިއުޅުމުގައި ދިމާވާ ކަމެއްގެ ސަބަބުން އެދެމީހުން ދުޝްމަނުންނަށްވާ ކަމުގެ ވާހަކަ ދައްކުވައިދޭ ފިލްމެކެވެ.
އުއްތަރް ޕްރަދޭޝްގައި ޝޫޓް ކޮށްފައިވާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.