ދާދިފަހުން އެމެރިކާ އާއި ކެރީބިއަންގެ ރަށްތަކަށް އެރި ތޫފާންތަކުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށްޓަކައި ޖެނިފާ އެނިސްޓަން އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.
އޭގެ ތެރެއިން 500،000 ޑޮލަރު ހަދިޔާކޮށްފައި ވަނީ އެމެރިކަން ރެޑް ކްރޮސް އަށެވެ. އަދި އަނެއް 500،000 ޑޮލަރު ހަދިޔާކޮށްފައި ވަނީ ޕޯޓޯ ރިކޯ ގައި މަސައްކަތް ކުރަމުން އަންނަ ރިކީ މާޓިން ފައުންޑޭޝަން އަށް ކަމަށް މަޢުލޫމާތު ލިބެއެވެ.
ހަރިކޭން މާރިއާގެ ސަބަބުން ޕޯޓޯ ރިކޯއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މިފަދަ ދަތި ދަނޑިވަޅެއްގައި ހާލުގައި ޖެހިފައިވާ މީހުންނަށް ޖެނިފާ އެނިސްޓަން ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި ރިކީ މާޓިން ވަނީ ޓްވިޓާ މެދުވެރިކޮށް ޖެނިފާ އަށް ޝުކުރު އަދާކޮށްފަ އެވެ.
Jennifer Aniston U R amazing Thanx 4 donating $500k for our #PuertoRico relief fund
We will never forget. U R saving lives Jenn #Allin4PR— Ricky Martin (@ricky_martin) October 12, 2017
ޖެނިފާ އެނިސްޓަންގެ އިތުރުން ހޮލީވުޑްގެ އެހެނިހެން ބައެއް ތަރިން ވެސް ވަނީ ތޫފާންތަކުގައި ހާލުގައި ޖެހުނު މީހުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި ލިއޮނާޑީ ޑިކެޕްރިއޯ އާއި ޖެނިފާ ލޮޕެޒްގެ އިތުރުން އެލެން ޑިޖެންރެސް ހިމެނެއެވެ.