ކުރިއަށް އޮތް 45 ވަނަ އެމެރިކަން މިއުޒިކް އެވޯޑްސް (އޭއެމްއޭ) އަށް އެންމެ ގިނައިން ނޯމިނޭޓް ވެފައި ވަނީ ލަވަކިޔުންތެރިޔާ ބްރޫނޯ މާސް އެވެ.
އެގޮތުން ބްރޫނޯ މާސް އަށް ވަނީ ޖުމްލަ އަށް ނޯމިނޭޝަން ލިބިފައެވެ. އޭނާ ނޯމިނޭޓްވެފައިވާ ކެޓަގަރީތަކުގެ ތެރޭގައި އާޓިސްޓް އޮފް ދަ އިޔާ، ފެވަރިޓް މޭލް އާޓިސްޓް – ޕޮޕް/ރޮކް އަދި ފެވަރިޓް އަލްބަމް – ޕޮޕް/ރޮކް ހިމެނެއެވެ.
ބުރާސްފަތި ދުވަހު އޭއެމްއޭ އަށް ނޯމިނޭޓްވި ފަރާތްތައް އިއުލާންކޮށްފައިވާއިރު، ބްރޫނޯ މާސް އަށްފަހު ދެން އެންމެ ގިނައިން ނޯމިނޭޓްވެފައި ވަނީ ޑްރޭކް އާއި އެޑް ޝީރަން އެވެ. ޑްރޭކް އާއި އެޑް ޝީރަން އަށް ލިބިފައިވަނީ ފަސް ނޯމިނޭޝަނެވެ.
އާޓިސްޓް އޮފް ދަ އިޔާ ބައިގައި ބްރޫނޯ މާސް އާއި ޑްރޭކް އަދި އެޑް ޝީރަން ވާދަކުރަން ޖެހެނީ ދަ ޖެއިންސްމޯކާސް އާއި ކެންޑްރިކް ލާމާރް އާއިއެވެ.
އޭއެމްއޭ 2017ގެ ހުރިހާ ނޯމިނޭޝަންތަކެއް ބިލްބޯޑްގެ ރަސްމީ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެ އެވެ.
45 ވަނަ އެމެރިކަން މިއުޒިކް އެވޯޑްސް އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.