Last Updated: June 29, 09:17
Monday, June 29, 2026
މުނިފޫހިފިލުވުން

ލިއަމްގެ "އޭޒް ޔޫ ވާ" ޗާޓްތަކުގެ ކުރިއަށް

ނަވާރަސަތޭކަ ނުވަދިހަ އއެއް ވަނަ އަހަރު އުފެދުނު އިނގިރޭސި ރޮކް ބޭންޑް "އޯސިސް" ގެ ލަވަކިޔުންތެރިޔާ ލިއަމް ގެލެގާގެ ފުރަތަމަ ސޯލޯ އަލްބަމް މިއުޒިކް ޗާޓްތަކުގެ އެއްވަނަ ހޯދައިފި އެވެ.

"އޭޒް ޔޫ ވާ" ގެ ނަމުން ނަން ދީފައިވާ މި އަލްބަމް ރިލީޒްކުރިތާ ހަފްތާއެއް ތެރޭގައި ވަނީ 103،000 ކޮޕީ ވިކިފައެވެ.

އޮފިޝަލް ޗާޓްސް ކޮމްޕެނީ އިން ބުނާގޮތުގައި އެއީ 2017 ވަނަ އަހަރުގެ ތިންވަނަ އަށް އެންމެ އަވަހަށް ވިކުނު އަލްބަމް ކަމަށެވެ.

"އަލްބަމް ގަތް ހުރިހާ އެންމެންނަށް ޝުކުރު އަދާކުރަން އަހަރެން ބޭނުން. އަލްބަމް އުފެއްދުމުގައި އެހީތެރިވެދިން އެންމެންނަށް ޝުކުރު އަދާކުރަން ބޭނުން"، ގެލޭގާ ބުނެފައިވެއެވެ.

ޗާޓުގެ ދެވަނައިގައި އޮތީ ގިގްސްގެ އަލްބަމް ކަމަށްވާ "ވޭމްޕް 2 ދެމް" އެވެ. އަދި ތިންވަނަ ލިބިފައި ވަނީ އެޑް ޝީރަންގެ "ޑިވައިޑް" އަށެވެ.

މީގެ ކުރިން އެޑެލް އާއި ސިއާ އާއިއެކު މަސައްކަތް ކޮށްފައިވާ ލިޔުންތެރިޔާ ގްރެގް ކާސްޓިން އާއިއެކު ގެލޭގާ ވަނީ "އޭޒް ޔޫ ވާ" ގައި މަސައްކަތް ކޮށްފައެވެ.

ގެލޭގާ ވަނީ މި އަލްބަމް ޕްރޮމޯޓް ކުރުމަށްޓަކައި ގްރެހަމް ނޯޓަން ޝޯ ގައިވެސް ޕާފޯމް ކޮށްފައެވެ. އަދި އަންނަ މަހު ބީބީސީ ވަންގެ "ސަސުންޑްސް ލައިކް ފްރައިޑޭ ނައިޓް" ގައި ވެސް އޭނާ ހުޅަހެޅުމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.