Last Updated: July 22, 09:48
Wednesday, July 22, 2026
ޚަބަރު

އެންސްޕާގައި 1.4 ބިލިއަން ރުފިޔާގެ ހިނާޔަތް: އަފީފް

ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތަކެއް ހިންގަމުން އަންނަ އިރު، އެންސްޕާ އިން 1.4 ބިލިއަން ރުފިޔާގެ ހިޔާނާތްވެފައިވާ ކަމަށް އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ރޭ އެމްޑީޕީ ހިތަދޫ ހަރުގޭގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ އެންސްޕާގެ ކޮރަޕްޝަންގެ ވާހަކައަކީ އަދި ރައްޔިތުންނަށް އެހާ ބޮޑަށް އެނގޭ ވާހަކައެއް ނޫން ކަަމަށެވެ.

އެހެން ނަމަވެސް އެންސްޕާގެ ކޮރަޕްޝަނާ ބެހޭ ވާހަކައިގެ އެއްވެސް ތަފުސީލެއް އަފީފު ނުދެއްވަ އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރަށް ހަމައެކަނި ޔަގީންކޮށް ދެވުނީ ވައްކަމާއި ކޮރަޕްޝަން ކަމަށެވެ.