އައްޑޫ ސިޓީ ސާފު ކުރުމުގެ ބޮޑު ހަރަކާތް މިއަދު އައްޑޫގެ ހުރިހާ އަވަށެއްގައި މިއަދު ފަށައިފި އެވެ.
އެންވަޔަރޮމެންޓް މިނިސްޓްރީގެ ސީކެޕް ޕްރޮޖެކްޓުން އިސް ނަގައިގެން އައްޑޫގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ވަރަށް ގިނަ ބަޔަކު ވަނީ ބައިވެރިވެ ބޮޑު ސަރަހައްދެއް ސާފުކޮށްފައެވެ.
ކުނި ނެގުމަށްފަހު މިހާރު އެމްއާރްޑީސީގެ އެހީތެރިކަމާއެކު ކުނިކޮށްޓަށް ކުނި ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އައްޑޫ ސިޓީ ސާފުކޮށް ބެހެއްޓުމަށް ކޮންމެ އަހަރަކުވެސް ސިޓީ ކައުންސިލާއި އައްޑޫގައި ހަރަކާތްތެރިވާ އެކިއެކި އެންޖީއޯތައް އަދި މޯލްޑިވިއަން ރެޑްކްރެސެންޓުން އަންނަނީ މިފަދަ ސާފުކުރުމުގެ ޕްރޮގްރާމްތައް އިންތިޒާމުކުރަމުންނެވެ.
މިއިވެންޓު އައްޑޫގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފައިވާއިރު ހުޅުމީދޫ އިންވެސް އިވެންޓަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ.