ކެބިން ކްރޫން ތަމްރީނު ކުރުމުގެ ކޯހެއް އައްޑޫގައި ބާއްވުމަށް ނިންމައި ރަޖިސްޓްރީ ވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
ކެބިން ކުރޫން ތަމްރީނު ކުރުމުގެ ކާމިޔާބް ކޯސްތަކެއް ހިންގާފައިވާ ދިވެހި ކެބިން ކްރޫ އެކެޑެމީ (ޑީސީސީއޭ) އިން ބުނީ އަންނަ ނޮވެމްބަރ މަހުގެ 19 އިން 28އަށް ކުރިއަށް ގެންދާ އެންޓްރީ ލެވެލް ކޯސްތަކުގައި ބައިވެރިވާން ޝައުގުވެރިވާ ކުދިން 9958800 ނަންބަރަށް ގުޅައިގެން ނަން ނޯޓު ކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ.

ޑީސީސީއޭ އިން ބުނީ މިފަހަރުގެ ކޯސް ފީ އަކީ 4485 ރުފިޔާ ކަމަށެވެ.
ދިހަ ދުވަހުގެ މުއްދަތަށް ހިންގާ ކެބިން ކްރޫ އެންޓްރީ ލެވެލް ކޯހުގައި 6 މޮޑެލް ނަގައިދޭ އިރު، 50 ގަޑި އިރުގެ ތަމްރީނު ބައިވެރިންނަށް ލިބިގެން ދާނެ އެވެ.
މީގެ ކުރިން ވެސް ޑީސީސީއޭ އިން ވަނީ އައްޑޫގައި ކެބިން ކްރޫން ތަމްރީނު ކުރުމުގެ ކޯސްތަކެއް ހިންގައިފަ އެވެ.