Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ހައްޔަރުކޮށްފާނެތީ ބިރެއް ނުގަނޭ، މާލެ ދާނަން: މަހްލޫފް

ސްރީލަންކާގައި ހުއްޓާ ޕާސްޕޯޓް ހިފެހެއްޓިނަމަވެސް ވަރަށް އަވަހަށް ރާއްޖެ އަންނާނެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް ވިދާޅުވީ ލަންކާގައި މަޑުކޮށްގެން ހުރީ ރައީސް ނަޝީދު އާއި މަޝްވަރާ ކުރަންޖެހޭ ކަންތައްތަކެއް ހުރުމާއި ގުޅިގެން ކަމަށެވެ. އަދި ނަޝީދު އިއްޔެ ލަންކާއަށް ވަޑައިގެންފައިވާތީ މަޝްވަރާ ނިންމުމަށްފަހު ރާއްޖެ އަންނާނެކަމަށެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ ރާއްޖެ ވަޑައިގަންނަވާ ތަނުން ހައްޔަރު ކުރެއްވިއަސް ބިރެއް ނުގަންނަ ކަމަށާއި އިސްލާހީ މަސައްކަތް ކުރުމުގައި ފަހަތަށް ނުޖަހޭނެކަމަށެވެ.

ފުލުހެއްގެ ވާޖިބަށް ހުރަސް އެޅި މައްސަލަ ސާބިތުވެ 10 މަހަށް ޖަލަށް ލެވި ހުކުމް ތަންފީޒުކޮށް ނިމިފައިވާ މަހްލޫފް މައްޗަށް އިތުރު ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. މަހްލޫފްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އެތުހުމަތާއި ގުޅިގެންނެވެ.