Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ޔުނައިޓެޑް ލިވަޕޫލް ހިފަހައްޓާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑު ބައްދަލުކުރި މެޗު އަނެއްކާވެސް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

މިދެޓީމު މިދިޔަ ސީޒަނުގައިވެސް ބައްދަލު ކުރި މެޗު 0-0 އިން ނިމިގެން ގޮސްފައިވާއިރު މިދިޔަ ސީޒަނެކޭ އެއްފަދައިން ލިވަޕޫލް ވަނީ ހޯމް މެޗުގައި މޮޅަށް ކުޅެފައެވެ. ޖޯސޭ މޮރީނިއޯގެ ޓީމު މެޗު ކުޅެފައިވަނީ ބޮޑަށް ޑިފެންސަށް ވިސްނައިގެންނެވެ.

ލިވަޕޫލުން މެޗުގައި 19 ހަމަލާ ޔުނައިޓެޑުގެ ގޯލަށް ފޮނުވާލާފައިވާއިރު 5 ހަމަލާ ވަނީ ގޯލާ އަމާޒުވެފައެވެ. ޔުނައިޓެޑަށް މުޅި މެޗުގައިވެސް 6 ހަމަލާ އުފެއްދިފައިވާއިރު ގޯލާ އަމާޒުވެފައިވަނީ އެންމެ ހަމަލާއެކެވެ.

މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ ޔުނައިޓެޑުގެ ކުޅުމާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޭނާ ބުނެފައިވަނީ ލިވަޕޫލުން އެގޮތަށް ކުޅެފިނަމަ މައްސަލައަކަށް ވިނަމަވެސް ޔުނައިޓެޑުން ކުޅުމުން އެއީ މައްސަލައެއް ނޫން ކަމަށެވެ.

މިމެޗުން އެއްވަރުވެ ލިވަޕޫލަށް އެންމެ ފަހަކަށް ކުޅުނު 8 މެޗުން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.