Last Updated: June 11, 10:02
Thursday, June 11, 2026
ޚަބަރު

ނަޝީދުގެ ނަމެއް ވޯޓް ކަރުދާހަކު ނޯންނާނެ: މާޒް

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި އަދި އޭނާގެ ނަމެއް ވެސް ވޯޓް ކަރުދާސްކޮޅުގައި ނޯންނާނެ ކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު މުހައްމަދު ސަލީމް (މާޒް) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީގައި ވާދަ ކުރައްވާ އުމަރު ނަސީރު ރޭ އައްޑޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި މާޒް ވިދާޅުވީ ނަޝީދުގެ ނަން ވޯޓް ކަރުދާސްކޮޅުގައި އޮންނަން ލާހިކެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެ މީހުންނަކީ ވެސް މި ގައުމުގެ ފިރިހެން ދަރިން ކަމަށާއި ނަޝީދު ފަދަ ފެއިލްވެ ގާނޫނާއި ގަވައިދުތަކުން ބޭރުވެފައިވާ މީހަކަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.

އަދި އެކަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެެއް ކުރާނެ ކަމަށް މާޒް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ނަޝީދުގެ ނަން ވޯޓް ކަރުދާސްކޮޅުގައި އޮންނާނެ ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވިޔަސް އެކަން އެއްވެސް ބަޔަކު ގަބޫލްކޮށްގެން ނުވާނެ ކަމަށެވެ.

މާޒް އިތުރަށް ވިދާޅު