Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

އަދީބްގެ ގަޔަށް އިންޖެކްޝަނެއް ޖަހަން އާއިލާއިން ދެކޮޅު ހަދައިފި

ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް. ދެ ބޭފުޅުންނަކީ ވަރަށް އަރިސް ދެ ބޭފުޅުން، ފޮޓޯ: ވީނިއުސް

ދިގު މުއްދަތަކަށް ޖަލަށް ލެވިފައިވާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ ގަޔަށް އިންޖެކްޝަނެއް ޖަހަން އާއިލާއިން ދެކޮޅު ހެދުމާއި ގުޅިގެން އަދީބްގެ ބޭސް ފަރުވާގެ ކަންކަން ކަރެކްޝަނަލް ސާވިސްއިން ހުއްޓާލައިފިއެވެ.

އަދީބްގެ އާއިލާއިން ބުނީ އައިޖީއެމްއެޗަށް ގެނެސް އަދީބްގެ ގަޔަށް އިންޖެކްޝަނެއް ޖަހަން އާއިލާއިން ދެކޮޅު ހެދީ ޝައްކުތަކެއް ހުރުމުން ކަމަށެވެ.

އަދީބުގެ އާއިލާއިން ބުނީ އޭނާގެ ގަޔަށް ޖަހަން އުޅުނު އިންޖެކްޝަނާއި ސްކޭންގެ ތަފްސީލެއް ޑޮކްޓަރުން ނުދެއްވި ކަމަށެވެ.

އަދީބްގެ ބޭސްފަރުވާގެ ކަންކަން ކުރިއަށް ނުދާކަމަށް ބުނެ ސިޔާސީ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.