Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

"އަދީބް ކަރެކްޝަންގެ ބެލުމުގެ ދަށުގައެއް ނެތް"

އަދީބްގެ ބޭސްފަރުވާއަށް ކަރެކްޝަނުން ހުރަސް އަޅަމުންދާ ކަމަށް އާއިލާއިން ކުރި ތުހުމަތު ކަރެކްޝަނުން ދޮގުކޮށްފިއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އަހުމަދު ލުގުމާން ވިދާޅުވީ އަދީބް ހުންނެވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ނޫންކަމަށެވެ. އެހެން ކަމުން އެއިދާރާއަކަށް އަދީބްގެ ބޭސް ފަރުވާއަށް ހުރަސް ނޭޅޭނެކަމަށެވެ.

33 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަދީބްގެ ސީޓީ ސްކޭނެއް ހެދުމަށް އިންޖެކްޝަނެއް ޖެހުމަށް އާއިލާއިން ދެކޮޅު ހެދުމުން އަދީބްގެ ބޭސް ފަރުވާގެ ކަންކަން ހުއްޓާލީކަމަށް އާއިލާއަށް އަންގާފައިވާ ކަމަށެވެ. އަދި އާއިލާއިން އެގޮތަށް އެއްބަސް ނުވީ ބޭސް ފަރުވާގެ ތަފްސީލު ނުދިނުމުން ކަމަށް އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަދީބްގެ ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަ އިރު އޭނާ ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.