ރަޝިޔާގެ ވެރިރަށް މޮސްކޯގައި އިއްޔެ ފެށުނު އިންޓަ ޕާލިމެންޓްރީ ޔުނިއަން (އައިޕީޔޫ)ގެ ބައްދަލުވުމަށް ވަޑައިގެން އުޅުއްވާ ރައްޔިތުންގެ މަޖިލިސްގެ ރައީސް އަބްދުﷲ މަސީހު، ރަޝިއާގެ ރައީސް ލެޑްމިއަ ޕުޓިން އާއި އެކު ހުންނެވި ފޮޓޯއެއް އާއްމުކޮށްފިއެވެ.
ޕުޓިން އާއި މަސީހު ބައްދަލު ކުރެއްވި ފޮޓޯ މަޖްލިސްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހްމަދު ނިހާން ހުސެއިން މަނިކު ވަނީ ޓްވީޓު ކުރައްވާފައެވެ.
Maldives Parliament Speaker Hon Abdullah Maseeh with Russian Federation President HE Vladimir Putin at the inaugural venue of #IPu137 pic.twitter.com/JfmxWtX17P
— Ahmed Nihan (@ahmed_nihan) October 14, 2017
އައިޕީޔޫގެ 137 ވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް މަސީހުގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހަސަން މަނިކާއި ކެނދިކުޅުދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަލީ މައުރޫފާއި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ތިއްބެވީ ރަޝިއާގައެވެ.
މަސީހު ރަޝިއާއަށް ވަޑައިގެން އައިޕީޔޫ ބައްދަލުވުމުގައި ތަމްސީލު ކުރައްވާއިރު އެބޭފުޅާގެ އިތުބާރު ނެތްކަމަށް ބުނެ މަޖްލިސްގެ 45 މެމްބަރަކު ވަނީ ސޮއި ހުށަހަޅާފައެވެ. އަދި މަސީހުގެ އިތުބާރުގެ މައްސަލަ އާއި ގުޅިގެން މަޖްލިސް ވަނީ ހޫނުވެފައެވެ.
މަސީހު މިވަގުތު މަޖްލިސްގެ ރިޔާސަތު ބަލަހައްޓަވަނީ މެމްބަރުނާއި ދެމެދު ފަސް ފޫޓު އުސް ފާރެއް ލަކުޑިން ހައްދަވައިގެންނެވެ.