ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ އޮފީހެއް ލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުޅުވުމަށް ނިންމައިފިއެވެ.
ގިނަ އަދަދެއްގެ ދިވެހިން އުޅެމުންދާ ލަންކާގެ ދެހިވެލާގައި ހުޅުވުމަށް ތައްޔާރުވަމުންދާ މިއޮފީސް މާދަމާ ހުޅުވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޕީޕީއެމްގެ އާ އޮފީސް ހުޅުވުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފެވެ.
އަވަށްޓެރި ސްރީ ލަންކާއަކީ އިދިކޮޅު އެމްޑީޕީ ވަރަށް އާންމުކޮށް ސިޔާސީ ހަރަކާތްތައް ބާއްވަމުން އަންނަ ޤައުމެކެވެ. ދާދި ފަހުންވެސް އިދިކޮޅު ފަރާތްތަކުން ވަނީ ކޮލޮމްބޯގައި ހުންނަ ދިވެހި އެމްބަސީ ކުރިމަތީ މުޒާހަރާ ކޮށް ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައެވެ.