Last Updated: April 20, 10:54
Saturday, April 20, 2024
ޚަބަރު

އެސްޓިއޯގެ އިތުރު ގަޑި އާއި އެލެވެންސް ދަށްކޮށްފި

މަރަދޫފޭދޫ އެސްޓިއޯއިން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން.

ދައުލަތުގެ ވިޔަފާރި ކުންފުނީ އެސްޓިއޯ މުވައްޒަފުންގެ އިތުރު ގަޑިއާއި އެލެވެންސް ދަށް ކޮށްފިއެވެ.

އެސްޓިއޯއިން މުވައްޒަފުންގެ އިތުރު ގަޑިއާއި އެލެވެންސް ދަށް ކުރަން ނިންމީ އެކުންފުނީގެ އެފެޝަންސީ ރަނގަޅު ކުރުމަށް ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން ވަޒީފާ އަދާ ކުރަން ޖެހޭ ގަޑި ވަނީ ހެނދުނު 8 އިން މެންދުރު 2 ޖެހުމާއި ހަމައަށް ހަމަޖައްސާފައެވެ. އަދި އިތުރު ގަޑީގެ ފައިސާ ވަނީ އުނިކޮށްފައެވެ.

އެސްޓިއޯގެ މުވައްޒަފަކު ބުނީ އެލެވެންސް އާއި އިތުރު ގަޑި ކަނޑާފައިވާ ކަމަށް ވެރިން އަންގާފައިވާ ކަމަށެވެ. މި ބަދަލާއި ގުޅިގެން ގިނަ މުވައްޒަފުންގެ މުސާރައިން 1000 އާއި 3000 ރުފިޔާގެ އަދަދެއް އުނިވާނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އެސްޓިއޯގެ ހާހެއްހާ މުވައްޒަފުން ވަޒީފާ އަދާ ކުރެއެވެ.