Last Updated: April 26, 11:19
Friday, April 26, 2024
ދުނިޔެ

ސެމްސަންގްގެ ސީއީއޯ އިސްތިއުފާ ދީފި

ސެމްސަންގް އިލްކްޓްރޯނިކްސްގެ ޗީފް އެގްޒެކެޓިވް، ކްވޮން އޯ-ހްޔޯން މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.

ކްވޮން އަކީ ސެމްސަންގް އިލެކްޓްރޯނިކްސްގެ ތިން ކޯ-ޗީފް އެގްޒެކެޓިވްގެ ތެރެއިން އެއް ފަރާތެވެ.

އޭނާ ވިދާޅުވީ އިސްތިއުފާ ދެއްވުމާއިމެދު ވިސްނަމުންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި، ދެން އިތުރަށް މަޑުކުރެވެން ނެތީ ކަމަށެވެ.

ކްވޮންގެ ފަރާތުން ނެރުނު ބަޔާނެއްގައި އޭނާ ވިދާޅުވެފައި ވަނީ އައިޓީ އިންޑަސްޓްރީގައި ފެންމަތިވަމުންދާ ތަފާތު ގޮންޖެހުންތަކާއި ރަނގަޅަށް ކުރިމަތިލުމަށްޓަކައި ޒުވާން އާ ލީޑަރުންތަކަކާއި އެކު ކުންފުނި އާ ފެށުމަކާއި ކުރިމަތިލާންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށް ޤަބޫލުކުރާ ކަމަށެވެ.

2018 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ސެމްސަންގް އިލެކްޓްރޯނިކްސްގެ ބޯޑްގައި ކްވޮން ހުންނަވާނެ އެވެ.

މި އަހަރުގ އޮގަސްޓް މަހު ސެމްސަންގް ގްރޫޕްގެ ވާރުތަވެރިޔާ ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ޖަލަށް ލާފައެވެ.