Last Updated: March 28, 21:55
Thursday, March 28, 2024
މުނިފޫހިފިލުވުން

"ޓެމްޕާ" ގެ ރިމެކިން ފަށާނީ އަންނަ އަހަރު

އަންނަ އަހަރުގެ މެދުތެރޭގައި ރަންވީރް ސިންގްއާ އެކު އެކްޝަން-ޑްރާމާ ފިލްމެއްގެ ޝޫޓިން ފަށާނެ ކަމަށް ޑައިރެކްޓަރު ރޯހިތު ޝެޓީ ބުނެފި އެވެ.

މި ފިލްމަކީ 2015 ގައި ރިލީޒް ކުރި ތެލެގޫ ފިލްމް "ޓެމްޕާ" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. މީގައި ކިޔައި ދެނީ ކޮރަޕްޓް ފުލުހެއްގެ ވާހަކަ އެވެ.

މި ފިލްމަކީ ރަންވީރް އާއި ރޯހިތު އެކުގައި މަސައްކަތް ކުރާނެ ފުރަތަމަ ފަހަރަށް ވެގެންދާނެ އެވެ. ރޯހިތު ބުނާ ގޮތުގައި ރަންވީރް ހުރީ އޭނާއާ އެކު ފިލްމްގެ މަސައްކަތް ފެށުމަށް ތައްޔާރަށެވެ.

މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ރޯހިތު ބުނީ އަންނަ އަހަރުގެ މެއި މަހު ނުވަތަ ޖޫން މަހު ފިލްމްގެ މަސައްކަތް ފަށާނެ ކަމަށާއި އެއީ 'ހާޑްކޯ އެކްޝަން' ފިލްމެއް ކަމަށެވެ. މީގެ އިތުރުން އެކްޝަން ބައިތަކަކީ ރަންވީރް މީގެ ކުރިން ކުޅެފައިވާ ބަޔަކަށް ނުވާތީ މި ފިލްމްގައި މަސައްކަތް ކުރަން ރަންވީރް ބޭނުންވި ކަމަށެވެ.

މަޝްހޫރު ފިލްމް "ސިންގަމް" ވެސް ޑައިރެކްޓް ކުރި ރޯހިތު ޝެޓީ ބުނީ އޭނާ މިހާރު ދަނީ ފިލްމްގެ ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓްގެ މަސައްކަތް ކުރަމުން ކަމަށެވެ.

ޑައިރެކްޓް ކުރުމުގެ އިތުރުން ފިލްމް ޕްރޮޑިއުސް ކުރުމަށް ވެސް ރޯހިތު ވަރަށް ޝައުޤުވެރިވެއެވެ.

ރޯހިތްގެ އެންމެ ފަހުގެ ފިލްމް "ގޯލްމާލް އެގެއިން" މި މަހުގެ 20 ވަނަ ދުވަހު ސިނެމާތަކުގައި އަޅުވާނެ އެވެ.