Last Updated: June 29, 09:17
Monday, June 29, 2026
މުނިފޫހިފިލުވުން

ޗެޕްލިން އެވޯޑް ހެލެން މިރެން އަށް

ކޮންމެ އަހަރަކު ފިލްމް ސޮސައިޓީ އޮފް ލިންކަން ސެންޓަރުން ދޭ ޗެޕްލިން އެވޯޑް މި އަހަރު ލިބެނީ ވެޓްރަން އެކްޓްރެސް ކަމަށްވާ ހެލެން މިރެން އަށެވެ.

އެގޮތުން 45 ވަނަ ޗެޕްލިން އެވޯޑް ހެލެން މިރެން އަށް ފިލްމް ސޮސައިޓީން އަރުވާނީ އަންނަ އަހަރުގެ އޭޕްރީލް 30 ގައި އޮންނަ ގާލާއެއްގަ އެވެ.

އެ ހަފްލާގައި 50 އަށްވުރެ ގިނަ އަހަރު ވަންދެން ހެލެން ސިނެމާއަށް ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކޮށް، އޭނާގެ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރެވޭނެ އެވެ.

މީގެ ކުރިން ޗެޕްލިން އެވޯޑް ލިބުނު ފަރާތްތަކުގެ ތެރޭގައި އެލްފްރެޑް ހިޗްކޮކް، ބިލީ ވައިލްޑަރ، ލޮރެންސް އޮލިވިއަރ، ފެޑެރީކޯ ފެލިނީ، އެލިޒަބެތް ޓެއިލާ، ޖޭމްސް ސްޓުވާޓް، ރޮބާޓް އޮލްޓްމޭން، ޑައިއޭން ކީޓަން، މެރީލް ސްޓްރީޕް، ޓޮމް ހޭންކްސް އަދި ރޮބާޓް ރެޑްފޯޑް ހިމެނެއެވެ.