ސްޓާ ވޯސް ސީރީސްގެ އެންމެ ފަހުގެ ފިލްމް "ސްޓާ ވޯސް: ދަ ލާސްޓް ޖެޑާއި" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ގިނަ ދުވަސްތަކެއް ވަންދެން މީހުން އިންތިޒާރުކުރަމުން އައި އެ ފިލްމްގެ ފައިނަލް އަދި ރަސްމީ ޓްރެއިލާ ލޯންޗް ކޮށްފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
މިއާއިއެކު އެ ފިލްމްގެ ތިއެޓްރިކަލް ޕޯސްޓާ ވެސް ވަނީ ނެރެފައެވެ.

'ދަ ލާސްޓް ޖެޑާއި' އަކީ ސްޓާ ވޯސް ސީރީސްގެ އަށްވަނަ ފިލްމެވެ. އެންމެ ފަހުން ސްޓާ ވޯސްގެ ފިލްމެއް އާންމުންނާއި ހަމައަށް އައިސްފައި ވަނީ 2015 ވަނަ އަހަރު އެވެ. އެއީ 'ސްޓާ ވޯސް: ދަ ފޯސް އަވޭކެންސް' އެވެ. ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް އެ ފިލްމް ހޯދިއިރު، ބެލެވޭ ގޮތުގައި 'ދަ ލާސްޓް ޖެޑާއި' އަށްވެސް އެހާ ބޮޑު ތަރުހީބެއް ލިބޭނެ އެވެ.
"ސްޓާ ވޯސް: ދަ ލާސްޓް ޖެޑާއި" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރު 15 ގައެވެ.