Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އެސްޓީއޯގެ ތެޔޮ ބޯޓެއް ފަރަށް އަރައިފި

ފަރަށް އެރި "ގުރާބު" ތެޔޮ ބޯޓު: ފޮޓޯ - އެމްއެންޑީއެފް

އެސްޓީއޯގެ ތެޔޮ އުފުލައިގެން ދިޔަ ބޯޓެއް ޅ. ފެލިވަރު ކައިރީ އޮތް ފަރަކަށް އަރައިފިއެވެ.

ބޯޓު ފަރަށް އަރާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެމްއެންޑީއެފުން ބުނެފައިވަނީ ޕެޓްރޯލް އުފުލައިގެން ދިޔަ ބޯޓު ފަރަށް އެރިކަމުގެ މައުލޫމާތު ލިބިފައިވަނީ ހެނދުނުު 6:15 އެހާކަށްހާއިރުގައެވެ.

ބޯޓުގައި 12 ފަޅުވެރިޔަކު ތިބި ކަމަށާއި މިހާރު އެމްއެންޑީއެފްގެ ނޮދަން އޭރިޔާގެ ސިފައިން އަންނަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށްވެސް ގައުމީ ދިފާއީ ބާރުން މައުލޫމާތު ދީފައިވެއެވެ.

އަދި ކޯސްޓު ގާޑުގެ ޑައިވަރުންވެސް މިހާރު އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.