Last Updated: June 19, 11:00
Friday, June 19, 2026
ސިޔާސީ

ރައީސް ޔާމީން ޔޫއޭއީ އަށް ފުރާވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީން މެދުއިރުމަތީގެ ބޮޑު ބާރެއް ކަމަށްވާ ޔުނައިޓެޑު އަރަބް އެމިރޭޓްސް(ޔޫއޭއީ) އަށް ފުރާވަޑައިގެންފިއެވެ.

އަނބިކަނބަލުން ފާތުމަތް އިބްރާހިމްއާއެކު ރައީސް ޔާމީން ޔޫއޭއީއަށް ފުރާވަޑައިގެންފައިވަނީ އެ ގައުމުގެ ރައީސް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އެރުވި ދައުވަތަކަށެވެ.

ރައީސް ޔާމީނާއެކު މިދަތުރުފުޅުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް އަދި އެންވަޔަރޮމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމްވެސް ވަނީ ފުރާވަޑައިގެންފައެވެ.

ޔޫއޭއީއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރާ ގައުމެވެ. މިދިޔަ މަހުގައި ރާއްޖެއަށް އެތެރެކުރި މުދަލުގެ %23 އެތެރެކޮށްފައިވަނީވެސް ޔޫއޭއީއިންނެވެ.

އަދި ވެލާނާ އެއާޕޯޓުގެ އާ ރަންވޭ އެޅުމަށް ބިން ހިއްކުމުގެ މަސައްކަތުގެ ސަބް ކޮންޓްރެކްޓުވެސް ހަވާލުކޮށްފައިވަނީ އެގައުމުގެ ކުންފުންޏަކާއެކުގައެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތްފަހުން އަރަބި ގައުމުތަކާއި ރާއްޖެއާ ދެމެދު އުފެދިފައި އޮތް ގުޅުން ވަނީ ބަދަހިވެފައެވެ.