Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

އަނަސްގެ މަރުގެ ޝަރީއަތެއް މިއަދަށް ތާވަލުކޮށްފި

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ރ. މީދޫ، ފެންފިޔާޒުގެ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާ އުފުލައި މިއަދު ޝަރީއަތް ބާއްވަން ތާވަލްކޮށްފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ 5 މީހުންގެ ތެރޭގައި ސ. ފޭދޫ ޒުވާނަކުވެސް ހިމެނެއެވެ. ދައުލަތުން ދައުވާ އުފުލާފައިވާ ފަސް މީހުންނަނީ ސ. ފޭދޫ ވެސްޓަން ވިލާ ހަސަން މަހްފޫޒު އާއިމ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި ލ. ގަން ތުނޑީ އަވަށު ރަންނާރިގޭ ޖުނައިހު އަބްދުﷲގެ އިތުރުން ދަފްތަރު ނަންބަރ 1746 ސިމާހް މޫސާގެ މައްޗަށެވެ.

މި ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ފަހުއެވެ. އަނަސްގެ މަރާއި ގުޅިގެން ޖުމްލަ 6 މީހެއްގެ މައްޗަށް ދައުވާ ވަނީ އުފުލާފައެވެ. އޭގެ ތެރޭގައި 17 އަހަރުގެ ކުޑަ ކުއްޖަކުވެސް ހިމެނެއެވެ. އޭނާގެ ޝަރީއަތް ކުރިއަށް ގެންދާނީ ޖުވެނައިލް ކޯޓުގައެވެ.