Last Updated: April 19, 16:50
Friday, April 19, 2024
ޚަބަރު

ސްރީލަންކަން އެއާލައިނުން އައްޑޫގައި މެޑިކަލް ކޭމްޕެއް ބާއްވަނީ

އަންނަ މަހު އައްޑޫގައި މެޑިކަލް ކޭމްޕެއް ބާއްވަން ސްރީ ލަންކަން އެއާލައިންސުން ނިންމައިފި އެވެ.

މިކަމާ ބެހޭ މައުލޫމާތު އެ އެއާލައިންގެ އައްޑޫ އޮފިޝަލުން ވަނީ އައްޑޫ ސިޓީ ކައުންސިލާ ވެސް ހިއްސާކޮށްފަ އެވެ.

މި މެޑިކަލް ކޭމްޕަކީ ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލާ ގުޅިގެން ސްރީ ލަންކަން އެއާ ލައިންސް އިން ބާއްވާ ކޭމްޕެކެވެ. އަންނަ މަހުގެ 13 ވަނަ ދުވަހު ބާއްވާ މެޑިކަލް ކޭމްޕަށް ހަތަރު ޑޮކްޓަރުން ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އެއީ ނިއުރޮލޮޖިސްޓަކާއި ގައިނޮކޮލޮޖިސްޓަކާއި ޔުރޮލޮޖިސްޓެއްގެ އިތުރުން އީއެންޓީ ޑޮކްޓަރެކެވެ.

ސްރީލަންކަން އިން ބާއްވާ މެޑިކަލް ކޭމްޕްގެ އިތުރުން ލަންކާ އަށް ބޭސް ފަރުވާ ހޯދަންދާ ދިވެހިންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ ގޮތުން ނަވަލޯކާ ހޮސްޕިޓަލާ އެކު މަޝްވަރާ ކުރުމުންދާ ކަމަށް ވެސް ސްރީ ލަންކަން އެއާލައިންސް އިން ބުންޏެވެ.

ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް ގަމަށް ފެށީ ޑިސެމްބަރު 1، 2016 ގަ އެވެ.