އެމްޓީސީސީން ގެންނަ ބިޔަ ޑްރެޖަރ (މަހާ ޖައްރާފާ)އިން ފުރަތަމަ ހިއްކާނީ ހދ. ކުޅުދުއްފުށީ އެއާޕޯޓްކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވެއްޖެއެވެ.
36 މިލިއަން ޑޮލަރު ހަރަދުކޮށްގެން ނެދަލޭންޑްސް ކުންފުންޏަކުން ބަނދެފައިވާ މަހާ ޖައްރާފާ މިމަހުގެ 30 ވަނަ ދުވަހު ރާއްޖެ އަންނާނެކަމަށް ޒިޔަތު ވިދާޅުވިއެވެ.
ޒިޔަތު ވަނީ ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ހަމަސް ދުވަހުގެ ތެރޭގައި ނިންމުމަށް ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓާ ޖެެނެރަލް ސާމީ އަގީލް އާއިއެކު ސޮއި ކޮށްފައެވެ.
53.4 މިލިއަން ޑޮލަރުގެ މި މަޝްރޫއުގައި 6،2 ހެކްޓަރ ބިން ހިއްކައި ކަނޑުތޮށި ލުމަށް އެމްޓީސީސީ އާއި އެކު ވަނީ އެއްްބަސް ވެފައެވެ.
އެމްޓީސީސީން ބުނީ މަހާ ޖައްރާފާ ރާއްޖޭން ބޭރުގެ ޕްރޮޖެކްޓްތަކަށް ކުއްޔަށް ދިނުމަށްވެސް ނިންމާފައިވާ ކަމަށެވެ.