Last Updated: June 29, 06:08
Monday, June 29, 2026
މުނިފޫހިފިލުވުން

ޖޯ ޖޯނަސް އާއި ސޯފީ ޓާނާ އެންގޭޖްވެއްޖެ

އެޗްބީއޯގެ އެންމެ ކާމިޔާބު ސީރީސް ކަމަށްވާ "ގޭމް އޮފް ތްރޯންސް" ގައި ސަންސާ ސްޓާކްގެ ރޯލް އަދާކުރާ ސޯފީ ޓާނާ އާއި ލަވަކިޔުންތެރިޔާ ޖޯ ޖޯނަސް އެންގޭޖްކޮށްފި އެވެ.

2016 ވަނަ އަހަރު ލޯބީގެ ގޮތުން ގުޅުނު މި ދެ ތަރިން ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އެ ޚަބަރު ފޭނުންނާއި ހިއްސާކޮށްފަ އެވެ.

އުމުރުން 28 އަހަރުގެ ޖޯ ޖޯނަސް އާއި 21 އަހަރުގެ ސޯފީ ޓާރނާގެ އެންގޭޖްމެންޓަށް ޖޯގެ ކޮއްކޮ ނިކް ޖޯނަސް ވަނީ މަރުހަބާ ކިޔާފައެވެ.

މީގެ އިތުރުން ޖޯގެ ބޭބެ ކެވިން ޖޯނަސް ވެސް ވަނީ އެ އާއިލާއަށް ސޯފީއަށް މަރުހަބާ ކިޔާފައެވެ.