Last Updated: April 20, 11:14
Saturday, April 20, 2024
މުނިފޫހިފިލުވުން

"ބްލެކް ޕެންތާ" ގެ ޓްރެއިލާ ލޯންޗްކޮށްފި

މާވެލް އިން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުންދިޔަ ފިލްމް "ބްލެކް ޕެންތާ" ގެ ރަސްމީ ޓްރެއިލާ ލޯންޗްކޮށްފި އެވެ.

ބްލެކް ޕެންތާ އަކީ މާވެލް ކޮމިކްސް ގެ ކެރެކްޓާއަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މާވެލް ސްޓޫޑިއޯސް އިން ޕްރޮޑިއުސް ކުރާ މި ފިލްމްގެ ރަސްމީ ޑިސްޓްރިބިއުޓަރަކީ ވޮލްޓް ޑިޒްނީ ސްޓޫޑިއޯސް މޯޝަން ޕިކްޗާސް އެވެ.

ރަޔާން ކޫގްލާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުން ޗެޑްވިކް ބޯސްމޭން، މައިކަލް ބީ ޖޯޑަން، ލުޕިތާ ންޔޮންގޯ، މާޓިން ފްރީމޭން، ޑަނާއި ގުރައިރާ، ޑޭނިއެލް ކަލޫޔާ، ލެޓީޝިއާ ރައިޓް، ވިންސްޓަން ޑިއުކް، އޭންޖެލާ ބެސެޓް، ފޮރެސްޓް ވިޓޭކާ އާއި އޭންޑީ ސާކިސް ފެނިގެންދާނެ އެވެ.

ބްލެކް ޕެންތާ ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 16 ގަ އެވެ. މި ފިލްމް އައިމެކްސް އަދި 3ޑީ ތިއޭޓަރުތަކުގައި އެޅުވުމަށް ވަނީ ހަމެހިފަ އެވެ.