Last Updated: March 29, 14:00
Friday, March 29, 2024
ރިޕޯޓް

މިއީ ހުސް ބަނޑުހަރުވާން މަގުފަހިކޮށްދޭ ކާ އެއްޗެހި

1. ޑެއިރީ ޕްރޮޑަކްޓްސް

ޑެއިރީ ޕްރޮޑަކްޓްތަކަކީ ކިރުން އުފައްދާ އެއްޗެހި އެވެ. އޭގެ ތެރޭގައި އައިސް ކްރީމް އާއި ކްރީމްގެ އިތުރުން ޗީޒް އަދި ޔޯގަޓް ވެސް ހިމެނެ އެވެ. މާގިނައިން މިފަދަ އެއްޗެހި ކެއުމަކީ ބަނޑުހަރުވުމަށް މަގުފަހިކުރާ ކަމެކެވެ. އެގޮތުން ޑެއިރީ އުފެއްދުންތަކުގައި ހިމެނޭ ލެކްޓޯސް އަކީ ބަނޑުގައި ގޭސް އުފައްދައިދޭ މާއްދާއެކެވެ. އެހެންކަމުން އަބަދުވެސް ޑެއިރީ އުފެއްދުންތައް ބޭނުންކުރާ މިންވަރު ލިމިޓް ކުރަން ވާނެއެވެ.

2. ރޯ ދޮންކެޔޮ

ރޯ ދޮންކޭލުގައި ގިނަ އަދަދަކަށް ސްޓާޗް އެކުލެވިގެންވެއެވެ. ސްޓާޗް އަކީ ހަޖަމްކުރަން ދަތި އެއްޗެކެވެ. އެހެންކަމުން އޭގެ ސަބަބުން ބަނޑު ހަރުވާނެ އެވެ.

3. ރަތް ކުލައިގެ އެއްގަމު މަސް

ރަތް ކުލައިގައި ހުންނަ އެއްގަމު މަސް މާގިނައިން ކެއުމުން ބަނޑުހަރުވާނެ އެވެ. އެއީ އޭގައި ގިނަ އަދަދަކަށް ފެޓް އެކުލެވިގެންވާތީ އެވެ. ފެޓް އަކީ ހަޖަމުގެ ނިޒާމް ލަސްކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން މިފަދަ މަހުގައި ހަޖަމް ކުރަން ދަތި ޕްރޮޓީން ފައިބާވެސް ހިމެނެއެވެ.

4. ތައްޔާރީ ކާނާ

ބަންދުކޮށްފައި ހުންނަ ތައްޔާރީ ކާނާގައި އާންމުކޮށް ފެޓްސް ގިނައިން ހުރެފައި ފައިބާ ހުންނާނީ ވަރަށް މަދުންނެވެ. އެހެންކަމުން ބަނޑުހަރުވުމަށް މަގުފަހިވެއެވެ. މީގެ އިތުރުން މިފަދަ އެއްޗެހި އަކީ ހަޖަމްކުރަން ދަތި ކާނާގެ ބާވަތްތަކެވެ.

5. ޗޮކްލެޓް

ޗޮކްލެޓްގައި ހިމެނޭ ފެޓްސް އާއި ކެފެއިން އަކީ ހަޖަމުގެ ނިޒާމް ލަސްކޮށްދޭ މާއްދާތަކެކެވެ. ބެލެވޭ ގޮތުގައި މި މާއްދާތަކަކީ މަސަލް ކޮންޓްރެކްޝަންތައް ލަސްކޮށް، ބޮޑުކަމުދާތަކެތި ގޮހޮރުގެ ތެރެއިން ދައުރުވާ މިންވަރު ލަސްކޮށްދޭ އެއްޗެހި އެވެ.