އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ގޮނޑިއަކަށް ރާއްޖެއިން ވާދަކޮށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ހިއުމަން ރައިޓްސް ކައުންސިލްގެ ހަތަރު ގޮނޑީގެ ތެރެއިން ރާއްޖެ ވާދަކޮށްފައި ވަނީ ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއަށެވެ. ވޯޓުން ރާއްޖެ އަށް ލިބިފައިވަނީ އެންމެ ހަތަރު ވޯޓެވެ.
ވޯޓްގައި 193 ގައުމަކުން ބައިވެރިވެފައިވާއިރު މިހާ މަދު އަދަދަކަށް ވޯޓް ލިބިފައިވާ ދިވެހި ރާއްޖެ އަށް އެކަންޏެވެ. ވޯޓްގައި ބައިވެރިވެ ނުހޮވުނު އަނެއް ގައުމަކީ މެލޭޝިޔާ އެވެ. ނަމަވެސް މެލޭޝިޔާ އަށް ވެސް ވަނީ 129 ވޯޓް ލިބިފަ އެވެ.
އޭޝިޔާ ޕެސިފިކް ސަރަހައްދުން ކައުންސިލަށް ހޮވިފައި ވަނީ ނޭޕާލާއި ގަތަރު އަދި ޕާކިސްތާނާއި އަފްޣާނިސްތާނެވެ. މި ހަތަރު ގައުމުތަކުގެ ތެރެއިން ގަތަރު ފިޔަވައި ދެން ތިބި ތިން ގައުމުން ކައުންސިލަށް ހޮވިފައިވަނީ އަލަށެވެ.