Last Updated: April 23, 11:36
Tuesday, April 23, 2024
ޚަބަރު

ޕާސްޕޯޓް ކާޑް ހަދައި ދޭނީ 450ރ. އަށް

މިދިޔަ ބުދަ ދުވަހު ތަޢާރަފްކުރި ޕާސްޕޯޓް ކާޑު މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އާންމުކޮށް ހަދައި ދޭން ފަށާނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓް ކާޑް ހަދައި ދޭނީ ފަހުގެ އީ ޕާސްޕޯޓްގެ ބޭނުން ކުރަމުން އަންނަ މީހުންނަށް ކަމަށެވެ. އަދި ޕާސްޕޯޓް ކާޑް ހައްދައި ދޭނީ 450ރ. އަށެވެ.

ގިނަ ހިދުމަތްތަކާ އެކު އަލަށް ތައާރަފު ކުރި ޕާސްޕޯޓް ކާޑް ބޭނުން ކުރި ނަމަވެސް ރާއްޖެޭން ބޭރަށް ދަތުރު ކުރާ އިރު ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓް ބޭނުން ކުރަން ޖެހޭނެ އެވެ.

މި ކާޑް އެހެން ޤައުމުތަކުގެ ބޯޑަރުގައި ބޭނުން ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

ބައިނަލްއަގުވާމީ ދަތުރުތަކާއި އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރެވޭ ގޮތަށް އަލަށް ޕާސްޕޯޓް ކާޑް ތާއާރަފްކޮށްފައި ވަނީ ވިޔަފާރީގެ ގިނަ މުއާމަލާތުތައް ކުރެވޭ ގޮތަށެވެ. އޭގެ އިތުރުން އައިޑީ ކާޑާއި ލައިންސްނަސް ކާޑްގެ އިތުރުން އެލައިޑް އިންޝުއަރެންސްގެ ހިދުމަތްތައް މި ކާޑުން ލިބެ އެވެ.