ރައީސް އަބްދުﷲ ޔާމީންއަށް އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބް ކާމިޔާބްކޮށްދިނުމަށް މަސައްކަތް ކުރުމަކީ އިސްލާމް ދީނާއި ދިވެހި ގައުމު ދެކެ ލޯބިވުން ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރ އަދި ޕީޕީއެމްގެ ނައިބް ލީޑަރ އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ސްރީލަންކާގައި ރޭ ހުޅުވި ޕީޕީއެމް ޖަގަހާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް އަބްދިﷲ ޔާމީން ކުރިއަށް އޮތް ދައުރުގައި އިންތިހާބް ނުކުރެވިއްޖެ ނަމަ ދިވެހިން ކަރުނަ އަޅައި ރޯން ޖެހޭނެކަމަށެވެ.

އަދުރޭ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް އިންތިހާބް ކާމިޔާބް ކުރެވިއްޖެ ނަމަ އިސްލާމް ދީނުގެ ވަހެއްވެސް ރާއްޖޭގައި ނޯންނާނެ ކަމަށެވެ. އެހެންވެ ގައުމު ދެކެ ލޯބިވާ ރައްޔިތުން އެމަނިކުފާން ހޮވަން ޖެހެނީ އިސްލާމް ދީނާއި ދިވެހި ގައުމުގެ ރައްކާތެރިކަމަށް ކަމަށެވެ.
މީގެ ކުރިންވެސް އެކި މެމްބަރުންނާއި ވަޒީރުން ވަނީ މިފަދަ މޭރުމަށް ވާހަކަފުޅު ދައްކަވާފައެވެ.