ގްލޯބަލް ލިންކްސް އިން އިންތިޒާމްކޮށްގެން މިއަދު ހަވީރު ހިތަދޫ ޒޯން ސްޓޭޑިއަމްގައި ފެށި "ގްލޯބަލް ލިންކްސް ޗެލެންޖް" ގެ ފުރަތަމަ މެޗް 2-2ން އެއްވަރުވެގެން ނިމިއްޖެއެވެ.
ހިތަދޫ ރިވަރިން އަދި ޔަޝީ ބައްދަލުކުރި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 30 ވަނަ މިނިޓްގައި ކާމިޔާބް ކުރީ ޔަޝީގެ ޖޯޒީ ނަންބަރު 16 އަހުމަދު ހަބީބްއެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މެޗްގެ ދެވަނަ ލަނޑު ޔަޝީން ޖެހީ މެޗްގެ 38 ވަނަ މިނިޓްގައި އެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހަސަން މިފްރާހް (ޖ7)އެވެ.
މެޗްގެ ފުރަތަމަ ހާފް ނިމުނީ ދެ ލަނޑުގެ ލީޑެއް އޮވެއެވެ. ނަމަވެސް މެޗްގެ 75 ވަނަ މިނިޓްގައި ރިވަރިންގެ ޖޯޒީ ނަންބަރު 9 އިބްރާހިމް ނިޒާރު ލަނޑެއް ޖަހައި ރިވަރިންގެ އުއްމީދު އާކުރިއެވެ. އެއްވަރުވި ލަނޑު ރިވަރިން އިން ކާމިޔާބު އިތުރުގަޑީގައެވެ. މެޗްގެ 91 ވަނަ މިނިޓްގައި ޖޯޒީ ނަންބަރު އިބްރާހިމް ސަފްވާން ބޮލުން ފޮނުވާލި ބޯޅަ ގޯލަށް އަމާޒްވެ ރިވަރިން މެޗްއެއްވަރު ކުރިއެވެ.
މިމެޗްގައި ޔަޝީގެ ކޯޗުގެ ފަރާތުން ރެފްރީންގެ ނިންމުންތަކަށް ނުރުހި ހިތްހަމަ ނުޖެހުން ފާޅުކުރި މަންޒަރު ފެނިގެންދިޔައެވެ. އަދި މެޗް ނިމެން ދިޔަ ވަގުތު ގިނަ ރީދޫކާޑް ރެފްރީ ދެއްކިތަން ވެސް ފެނުނެވެ.
މެޗަށް ފަހު ރިވަރިންގެ ކޯޗް މުސްތަންސިރު މުސްޠަފާ( ސިރު) ބުނީ ނަތީޖާ އާއި މެދު ވަރަށް ހިތްހަމަ ޖެހޭކަމަށެވެ. އަދި ކުރިއަށް އޮތް މެޗްގައި މިއަށްވުރެ ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށެވެ.
ޔަޝީން ބުނީ މެޗާއި ގުޅޭ އިންޓަވިއު އެއް ދޭން ބޭނުން ނުންކަމަށެވެ.
މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރިވަރިން ސްޕޯޓްސްގެ ޖޯޒީ ނަންބަރު 18 އަބްދުﷲ މަސީހުއެވެ. މުބާރާތުގެ މޭން އޮފް ދަމެޗްގެ އިނާމް ސްޕޮންސާރ ކޮށްފައިވަނީ ވަތަނިއްޔާގެ ފަރާތުންނެވެ.
މިމުބާރާތުގައި މާދާމާ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދަ ފޭދޫ އަދި މަރަދޫ ޔުނައިޓެޑްއެވެ. މެޗް ފަށާގަޑިއަކީ ހަވީރު 4:00 އެވެ.