Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ރައީސްގެ ދެކަނބަލުން ބުރުޖު ހަލީފާއަށް

ރައީސް ޢަބްދުﷲ ޔާމީންގެ ދެކަނބަލުން ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ދުބާއީއަށް ވަޑައިގެން ބުރްޖް އަލް ޚަލީފާ ބައްލަވާލައްވައިފިއެވެ.

ރައީސްގެ ދެކަނބަލުން، ބުރްޖް ޚަލީފާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޚަބާ ދެންނެވީ ހެޑް އޮފް ޕްރޮޓޮކޯލްއެވެ. ރައީސްގެ ދެކަބަލުން ވަނީ އެތަނަށް ވަޑައިގެން މެހްމާނުން ސޮއި ކުރާ ފޮތުގައި ސޮއި ކުރައްވާފައެެވެ.

ތިން ދުވަހަށް ކުރައްވާ މިދަތުރުފުޅުގައި ޔޫއޭއީގެ އިސްވެރިންނާއި ބައްދަލު ކޮށް ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރައްވުމަށް ވަނީ ހަމަޖެހިފައެވެ.