ގދ. ފިޔޯރީ މެޖިސްޓްރޭޓް ކޯޓުގެ ތިޖޫރީ ވަގަށް ނަގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ދަންވަރު ކޯޓުގެ ތިޖޫރީ ވަގަށް ނަގާފައިވަނީ އެތަނުގެ ކުޑަ ދޮރެއް ހަލާކު ކޮށްލައިގެން ވަދެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިޖޫރީ ވަގަށް ނެގި މައްސަލަ ރިޕޯޓް ކުރުމާއި ގުޅިގެން ފުލުހުންގެ ތަހްގީގު ފަށާފައިވާ ކަމަށެވެ. ނަމަވެސް މިހާދިސާ އާއި ގުޅިގެން މީހަކު ހައްޔަރު ކުރިކަމެއް ފުލުހުން ނުބުނެއެވެ.
ފިޔޯރީގައި މީގެ ދެމަހެއްދާ ދުވަސް ކުރިން އެރަށު ހެލްތު ސެންޓަރު އަދި ކައުންސިލްގެ ތިޖޫރީ ވަނީ ވަގަށް ނަގާފައެވެ.