Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އދ ގެ ގޮނޑިއަށް ވާދަ ނުކުރަން އޮތީ ނިންމާފައި: ފޮރިން

ފޮރިން މިނިސްޓަރ، ޑރ..މުހައްމަދު އާސިމް އދ ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަނީ: ފޮޓޯ - ފޮރިން މިނިސްޓްރީ

އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ އޭޝިޔާ ޕެސިފިކްގެ ހަތަރު ގޮނޑިން އެއް ގޮނޑިއަށް ދިވެހި ރާއްޖޭގެ ފަރާތުން ވާދަނުކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަހަރުގެ ކައުންސިލްގެ ގޮނޑިއަކަށް ރާއްޖެއިން ކުރިން ވާދަކުރުމަށް ނިންމާފައިވިނަމަވެސް ރާއްޖެއިން ވަނީ ފަހުން ނަން އަނބުރާ ގެންގޮސްފައި ކަމަށެވެ.

ނަމަވެސް ވޯޓު ނެގިއިރު ކޮންމެވެސް ސަބަބަކާ ހެދި ރާއްޖޭގެ ނަން ހިމަނާފައިވިނަމަވެސް ހަގީގަތުގައި މިފަހަރު ވޯޓުގައި ރާއްޖެއިން ބައިވެރިވެފައިނުވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އަދި އެގޮތަށް ނިންމާފައިވަނީ ސަރަޙައްދީ އެއްބާރުލުމަށް ވާގިި ދިނުމަށާއި، އ.ދ. ގެ ސަލާމަތީ މަޖިލީހުގެ 2019 އިން 2020 ގެ ދައުރަށް ދިވެހިރާއްޖެއިން ކުރިމަތިލާފައިވާތީ، އެކަމަށް އިސްކަން ދިނުމުގެ މަޤްޞަދުގައި ކަމަށް ނެރުނު ބަޔާނުގައި ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

އޭޝިޔާ ޕެސިފިކްގެ ގައުމުތަކުގެ ތެރެއިން މިފަހަރު ވޯޓަށް ކުރިމަތިލާފައިވަނީ ހަ ގައުމަކުންނެވެ. އެއީ ރާއްޖޭގެ އިތުރުން މެލޭޝިޔާ، ގަތަރު، އަފްޣާން، ޕާކިސްތާން އަދި ނޭޕާލެވެ.

ގޮނޑި ނުލިބުނީ ރާއްޖެއާއި މެލޭޝިޔާއަށެވެ. މެލޭޝިޔާއަށް 129 ވޯޓު ލިބިފައިވާއިރު ދިވެހި ރާއްޖެއަށް ލިބިފައިވަނީ އެންމެ 4 ވޯޓެވެ. ހޮވުނު ގައުމުތަކުގެ ތެރެއިން ގަތަރަކީ މިހާރުވެސް މިކައުންސިލްގައި ހިމެނޭ ގައުމެކެވެ.