Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

މޮބައިލް އެޕާއި ސޮފްޓްވެއާ މުބާރާތެއް ބާއްވަނީ

މޮބައިލް އެޕްލިކޭޝަން ހެދުމާއި ސޮފްޓްވެއާ އުފެއްދުމުގެ މުބާރާތެއް ބާއްވަން ނިންމައި، ބައިވެރިވުމުފެ ފުރުސަތު އިކޮނިމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

"ފައިވް ބެސްޓް އެޕް ޗެލެންޖް 2017" ގެ ނަމުގައި ބާއްވާ މި މުބާރާތަކީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) އިންޑަސްޓްރީ ކުރިއެރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، މި ދާއިރާގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންނަށް އިތުރު ފުރުޞަތުތައް ހޯދަ ދިނުމުގެ މަޤްސަދުގައި ހުރިހާ ދާއިރާތަކެއް ހިމެނޭ ގޮތަށް، މުޖުތަމައަށް ބޭނުންތެރި މޮބައިލް އެޕްލިކޭޝަނާއި ސޮފްޓްވެއާ އުފެއްދުމުގެ މުބާރާތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ މީހުންނަށް އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބައިވެރިވާން އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ. އަދި އިތުރު މައުލޫމާތު 3333106 އަދި 3333196 އިން ލިބޭނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ "ފައިވް ބެސްޓް އެޕް ޗެލެންޖް 2017" ގައި ބައިވެރިކުރާ ސޮފްޓްވެއާގެ ޕްރެޒެންޓެޝަން ދިނުން އޮންނާނީ އަންނަ މަހުގެ 20-23 އަށް ކަމަށެވެ.