Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ކާށިތަކެއް ވަގަށް ނެގި ފޭދޫ މީހަކު ޖަލަށް

ވިލިމާލޭގެ ގެއަކުން ކާށިތަކެއް ވަގަށް ނެގި ކަމުގެ ކުށް ސާބިތުވި ފޭދޫ މީހަކު ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލާގައި ޖަލަށް ލުމަށްލާން ހުކުމްކޮށްފައި ވަނީ ފޭދޫ މިރުސްމާގެ އަހްމަދު ވާފިރު އެވެ.

އޭނާގެ މައްޗަށް ވައްކަން ކުރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ 2013 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ވިލިމާލޭގެ ގެއަކުން ކާށިތަކެއް ވަގަށް ނަގައިގެން ގޮސް އެހެން ފިހާރައަކަށް ވިއްކުމާ ގުޅިގެންނެވެ.

މި މަހުގެ 8 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވާ ގޮތުން ޝަރީޢަތުގެ މަޖިލީހުގައި ވާފިރު ވަނީ ވައްކަން ކުރުމުގެ ކުށުގެ ދައުވާއަށް އިއުތިރާފުވެފަ އެވެ.