Last Updated: April 19, 13:47
Friday, April 19, 2024
މުނިފޫހިފިލުވުން

އަޕަރްނާ އާއި ޕުރޫ ރުޅިވެއްޖެ

މަޝްހޫރު ޓީވީ ތަރިން ކަމަށްވާ އަޕަރްނާ ދިކްޝިތް އާއި ޕުރޫ ޗިބާއަކީ އެންމެ ރީތި ޓީވީ ތަރިންގެ ތެރޭގައި ހިމެނޭ ދެ މީހުންނެވެ.

އަޕަރްނާ އާއި ޕުރޫ ރައްޓެހިވެގެން އުޅޭކަން ރަސްމީކޮށް މީޑިއާގައި ފާޅު ނުކުރިކަމުގައިވިޔަސް، އެ ދެމީހުންގެ ރޮމޭންޓިކް ފޮޓޯތައް އެމީހުންގެ ސޯޝަލް މީޑިއާ ޕޭޖްތަކުން އާންމުކޮށް ފެނެއެވެ.

އެހެންނަމަވެސް މިހާރު ރިޕޯޓްތައް ބުނާގޮތުން އަޕަރްނާ އާއި ޕުރޫއާއި ދެމެދު މައްސަލަތައް ޖެހި، އެމީހުންގެ ލޯބީގެ ގުޅުން ވަނީ ނިމުމަކަށް އައިސްފައެވެ.

ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓް ކުރާ ގޮތުގައި މި ޚަބަރުގެ ތެދުހަޤީގަތް ބެލުމަށްޓަކައި ޕުރޫ އާއި ގުޅާލުމުން އޭނާ ވަނީ ކޮމެންޓް ކުރުމަށް އިންކާރު ކޮށްފައެވެ. ޕުރޫ ބުނީ އޭނާ އާއި އަޕަރްނާ އަކީ އަދިވެސް ވަރަށް ގާތް ދެ ރަހުމަތްތެރިން ކަމަށާއި، އެހެންނަމަވެސް އެދެމީހުންގެ ލޯބީގެ ގުޅުމާއި ބެހޭގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުން ނޫން ކަމަށެވެ.

މިކަމާއި ބެހޭގޮތުން އަޕަރްނާގެ ބަހެއް ލިބިފައިނުވާއިރު، އަޕަރްނާ އާއި ޕުރޫ އެންމެ ފުރަތަމަ ދިމާވީ ޒީޓީވީން ގެނެސްދިން މަޝްހޫރު ޑްރާމާ "ޕަވިތްރަ ރިޝްތާ"ގެ ސެޓުންނެވެ.

އަޕަރްނާ އެންމެ ފަހުން ފެނިގެންދިޔައީ ޓީވީން ދެއްކި ޑްރާމާ ސީރީސް "ކަލަޝް" އިންނެވެ. އަދި ޕުރޫ ވަނީ ސަންޖޭ ދަތުގެ "ބޫމީ" އާއިއެކު އޭނާގެ ބޮލީވުޑް ޑެބިއު ހަދާފައެވެ.