Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މުޖުތަމައު ތެރެއިން: މި ވަޅުގަނޑަށް ރޭ ވެސް ބަޔަކު ވެއްޓުނު

މިއީ ހިތަދޫ ބޮޑު މަގުގައި ހުރި ވަޅުގަނޑެއްގެ ވާހަކައެވެ.

ތާރު އަޅައިގެން ހަދާފައިވާ ބޮޑު މަގުގައި ނުރައްކާތެރި ފުން ވަޅުގަނޑެއް ހެދި އެ ވަޅުގަނޑުތެރެއަށް ރޭ ވެސް ބަޔަކު ވެއްޓުނު ކަމަށް މި މައްސަލަ ސޯޝަލް މީޑިއާގައި ހިއްސާ ކުރި ފަރާތުން ވަނީ ބުނެފައެވެ.

މިހާރު މި ވަޅުގަނޑު ފާހަގަ ކުރަން ބެރިކޭޑެއް ބަހައްޓާފައި ހުއްޓަސް މިއީ ނުރައްކާތެރި ވަޅުގަނޑެކެވެ. މި މައްސަލަ އާއްމު ފަރާތަކުން އެންމެންގެ ސަލާމަތަށް ޓަކައި މިވަނީ ސަމާލުކަމަށް ގެނެސްފައެވެ.

މި ވަޅުގަނޑުގެ މައްސަލަ އާއްމުންގެ ސަމާލުކަމަށް ގެނެސްފައިވާ އިރު ތާރު އަޅައިގެން ހަދާފައިވާ ލިންކު ރޯޑުގެ އެކި ހިސާބުތަކުގައި ވެސް ނުރައްކާތެރި ވަޅުގަނޑުތައް ވަނީ ހެދިފައެވެ. މިފަދަ ވަޅުގަނޑަށް ވެއްޓި އެތައް ބަޔަކަށް ވަނީ ގެއްލުންވެފައެވެ.

އެޑިޓަރުގެ ނޯޓް: "މުޖުތަމައު ތެރެއިން" މި ނަމުގައި ކޮންމެ ދުވަހަކު "އައްޑޫ ލައިވް" އިން މި ގެނެސްދޭ ސެގްމަންޓަކީ މުޖުތަމައު ތެރެއިން ފެންނަ އާންމުން ކަންބޮޑުވާ އަދި ނޭދެވޭ ކަންކަން ގިނަ ބައެއްގެ ސަމާލު ކަމަށް ގެނެސް އެފަދަ ކަންކަން ހުއްޓުވުމަށް ބާރު އެޅުމެވެ.