Last Updated: April 23, 14:49
Tuesday, April 23, 2024
ޚަބަރު

އަރިދަފުސް ރޯގާ ފެތުރެނީ، ސަމާލުވޭ!

މިދުވަސްކޮޅު ރާއްޖޭގައި ހަލުވި ކަމާއި އެކު އަރިދަފުސް ރޯގާ ފެތުރެމުންދާ ކަމަށާއި ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީެއޭ) އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިދުވަސްކޮޅު ރޯގާ ޖެހޭ މީހުންގެ ތެރެއިން އިންފުލުއެންޒާއަށް ޕޮޒިޓިވް ކޭސްތައް ފެންނަމުން އަންނަ ކަމަށެވެ. އެހެންވެ މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ކުޑަކުދިންނަށް އިންފުލުއެންޒާ ވެކްސިން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ބުނީ ރޯގާ ފެތުރެމުންދާތީ އާއްމު ސާފުތާހިރުކަމަށް އިސްކަންދީ ހުން އައިސް ރޯގާގެ އަލާމާތް ފެންނަ ފަރާތްތަކުން ވީހާވެސް އަވަހަށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުމަށެވެ. އަދި އަތޮޅު ތެރޭގައި ތިއްބަވާ ރައްޔިތުން ވެސް ވެކްސިން ޖެހުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.