Last Updated: June 20, 06:09
Saturday, June 20, 2026
ޚަބަރު

ދޮންނަ މެޝިނުގައި ރޯވެ ފިހުނު އަންހެން މީހާ ނިޔާވެއްޖެ

މއ. ފެސިނޭޝަން ގޭގެ ދޮންނަ މެޝިނެއް ގޮވައި ހިނގި އަލިފާންގެ ހާދިސާގައި ފިހުނު އަންހެން މީހާއަށް އިންޑީއާގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ތ. ގުރައިދޫ މިސްރާބް، ހައްވާ މަނިކެ (54އ) އެވެ. ހައްވާ މަނިކެ ނިޔާވެފައިވަނީ އިތުރު ފަރުވާއަށް އިންޑީއާގެ އަމްރީތާ ހޮސްޕިޓަލަށް ގެން ގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

މި އަލިފާންގެ ހާދިސާގައި ހައްވާ މަނިކަގެ ހަށިގަނޑުގެ 70 ޕަސެންޓް ވަނީ ފިހިފައެވެ. އޭނާ ނިޔާވީ ފިހުނު ބައެއް ތަން ތަން އިންފެކްޝަން ހެދިގެން ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ.