Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

މާލޭގައި ބިދޭސީއަކަށް ހަމަލާ ދީފި

މާލޭގައި މިރޭ ބިދޭސީއަކަށް ވަޅިން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމާލާ ދީފައިވަނީ ބިދޭސީ މީހާގެ ބޮލަށެވެ. އާޓިފިޝަލް ބީޗު ސަރަހައްދުން ހިނގި މިމާރާމާރީގައި ބިދޭސީ މީހާއަށް ހަމަލާދިނީ ކާކު ކަމެއް އަދި އެނގިފައެއް ނުވެއެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ ކާރެއްގައި ފުލުހުންނެވެ. ފުލުހުން އައިއިރު އެމީހާ ހުރީ އެތާ ބިންމަތީގައި ބޮލުގައި އަތް އަޅައިގެން އިށީނދެފައިކަމަށް ޚަބަރު ލިބިފައިވެއެވެ.

މާރާމާރީތައް މާލޭގައި އިތުރުވަމުން އަންނައިރު ފުލުހުންގެ އެދުމުގެ މަތިން ކޯޓުން ވަނީ 9 މީހަކާ ދެކޮޅަށް މޮނިކޮން އަމުރު ނެރެފައެވެ. އޭގެ ތެރެއިން ތިން މީހެއްގެ ފައިގައި ފުލުހުން ވަނީ މިރޭ ޓެގު އަޅުވާފައެވެ.